ޚަބަރު

މަޖިލީހުގެ ތަރުތީބުގެ ތަފާތު ކުރުންތައް ނައްތާލުމަށް ޝިޔާމް އެދިވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިހުގައި ގޮނޑިތައް ތަރުތީބުކޮށްފައިވާ ގޮތް އިޞްލާޙުކޮށްދެއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމު އެދިވަޑައިގެންފިއެވެ.

Ads by STELCO

މަޖިލިސްގެ އާންމު ކޮމެޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފަށް ޝިޔާމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ޤާނޫނު އަސާސީގެ ދެވަނަ ބާބުން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި މިނިވަންކަން ތަފާތު ނުކުރުމަށް ކަނޑައެޅިގެން ލިޔެފައިވާ ކަމަށެވެ.

އެގޮތުން އެ މާއްދާގައި ބަޔާން ވެގެން ވަނީ "މިބާބުގައި ބަޔާންކޮށްފައިވާ ހައްޤުތަކާއި މިނިވަންކަން، މިބާބުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ގޮތަކުން ތަފާތު ކުރިމެއްނެތި ކޮންމެ މީހަކަށްވެސް ލިބިގެން ވެއެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެނީހެއްގެ ނަސްލަކަށް ނުވަތަ އެމީހަކު އުފަންވީ ޤައުމަކަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާ ނުވަތަ ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތު ކޮށްގެން ނުވާނެއެވެ." މިހެންނެވެ.

އެސިޓީގައި އިތުރަށް ބުނެފައިވަނީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ކަމުގެ ޙައްޤުގެ ދަށުން ރައްޔިތުންގެ މަޖިލިސްގެ ގޮނޑިތައް ތަރުތީބު ކުރެވިފައިވަނީ މިޙައްޤު ވަރަށް ބޮޑަށް ގެއްލޭ ގޮތަށްކަން ފާހަގަ ކުރާކަމަށެވެ.

"ޒަމާނުއްސުރެ ވެރިކަން ކުރާރަށް މާލޭގެ މެމްބަރުންނަށް އިސްކަންދޭ ގޮތަށް ގޮނޑިތައް ތަރުތީބު ވެފައި ވުމުން ވަރަށް ބޮޑަށް މަޖިލީހުގެ ތެރެއިން ތަފާތު ކުރުންތައް ފެނިގެންދޭ." ޝިޔާމް ވިދާޅުވިއެވެ.

ޒަމާނުއްސުރެ ވެރިކަން ކުރާރަށް މާލޭގެ މެމްބަރުންނަށް އިސްކަންދޭ ގޮތަށް ގޮނޑިތައް ތަރުތީބު ވެފައި ވުމަކީ ވަރަށް ބޮޑަށް މަޖިލީހުގެ ތެރެއިން ތަފާތު ކުރުންތައް ފެނިގެންދާ ކަމެއްކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށްވެސް މަޖިލީހުގެ ގިނަ މެމްބަރުން ޤަބޫލު ނުކުރާކަމަށް އެސިޓީގައި އިތުރަށް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!