Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިނިސްޓްރީތައް ފެއިލް ވަނީ ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދާތީ: އާދަމް ޝަރީފް

މި ސަރުކާރުގެ މިނިސްޓީރީތަކުން ގާނޫނީ ޒިންމާ ނުނަގައި ފެއިލް ވަނީ ކޮންމެ ކަމަށް ކޮމިޝަނެއް އުފައްދާތީ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

"ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އުފައްދަވާފައެވެ.

ރައީސް މި ކޮމިޝަން އުފައްދަވާފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގުސަދުގައެވެ.

Advertisement
Ooredoo — Square (box)

މިކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަތީޖާއާއި ހަރަދަށް ބަލާނަަ ކޮމިޝަންތައް އުފެއްދުމަކީ ބޭކާރު ކަމެއް ކަމަށެވެ.

"އަނެއްކާ ވެސް ރިޔާސީ ކޮމިޝަނެއް. ނަތީޖާއާއި ހަރަދަށް ބަލާނަމަ ތިޔައީ ބޭކާރު ކަމެއް، އިސްރާފެއް. ކޮބައިތޯ މަރު ކޮމިޝަން؟ ކޮބައިތޯ މިނިސްޓަރުން؟ ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދާތީ މިނިސްޓްރީން ތަކުން ގާނޫނީ ޒިންމާ ނުނަގާ ފެއިލް ވަނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް