ދީން

މައްކާ ފަތަހަކުރެއްވުމަށް ފަހު ކީރިތި ރަސޫލާ ޙަވާލުކުރެއްވި ގެފުޅުގެ ތަޅުދަނޑިކޮޅު ، މިއަދު ޝައިޚް ޞާލިޙްގެ އަތްޕުޅުގައި

ދެން އެމްވީ ، ދެން އޮންލައިން

ގޮނޑީގައި އެ އިންނެވި ބޭފުޅަކީ އައްޝައިޚް ޞާލިޙް އައްޝައިބީއެވެ. އާދެ، ގެފުޅުގެ ތަޅުތަނޑިކޮޅު މިހާރު ގެންގުޅުއްވަމުންދާ ފަރާތެވެ. އެބޭފުޅާގެ ކާފާފުޅު ގޮސް ގުޅެނީ ޢުޘްމާން ބުން ޠަލްޙާ رضي الله عنهއާއެވެ. މައްކާ ފަތަޙަ ކުރެވުނު ދުވަހު ގެފުޅުގެ ތަޅުދަނޑިކޮޅު ޢުޘްމާން ބުން ޠަލްޙާގެ އަތުގައި ވަނިކޮށް ކީރިތި ރަސޫލާ صلى الله عليه وسلم އެ ތަޅުދަނޑިކޮޅު ގެންނަވައި ގެފުޅު ހުޅުއްވެވިއެވެ.

Ads by MPL

ދެން ފަހެ ގެފުޅުގެ ތަޅުތަނޑިކޮޅު ގެންގުޅުއްވި ފަރާތާ އެ ޙަވާލު ކުރެއްވުމަށް الله تعالى އަންގަވައި މިއާޔަތް ބާވައިލައްވައިފިއެވެ:

((إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا…)) (سورة النساء: ٥٨) މާނައީ: “ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ.”

ދެން ކީރިތި ރަސޫލާ صلى الله عليه وسلم އެ ތަޅުދަނޑިކޮަޅު ޢުޘްމާން ބުން ޠަލްޙާއާ ޙަވާލު ކުރައްވައިފިއެވެ.

އަދި ޙަދީޘް ކުރެއްވިއެވެ (إني لم أدفعه إليكم، ولكن الله دفعه) “މި (ތަޅުދަނޑިކޮޅު) ތިޔަބޭކަލުންނަށް މި މިދެއްވަނީ ތިމަންކަލޭގެފާނެއް ނޫނެވެ. އެހެނެއްކަމަކު الله تعالى މި ދެއްވީއެވެ.”

ގެފުޅުގެ ތަޅުދަނޑިކޮޅު މިއަދާ ހަމައަށް ވެސް ބަލަހައްޓަމުންދަނީ ޢުޘްމާން ބުން ޠަލްޙާ رضي الله عنه ގެ ޢާއިލާއިންނެވެ. ސަޢުދީ ސަރުކާރުން ވެސް ގެފުޅު ހުޅުވަން ބޭނުންވެއްޖެ ހިނދެއްގައި ގެފުޅު ހުޅުވައިދެއްވަނީ މި ތަޅުދަނޑިކޮޅު ގެންގުޅުއްވާ ޢާއިލާއިންނެވެ. އާދެ ޢުޘްމާން ބުން ޠަލްޙާ رضي الله عنهގެ ޢާއިލާއިންނެވެ. ފޮޓޯއިން ފެންނަނީ ގެފުޅު ހުޅުވައިދެއްވުމަށް އައްޝައިޚް ޞާލިޙު އިއްޔެ (28.04.2022) ވަޑައިގެންނެވި މަންޒަރެވެ.

(ޝައިޚް ނާޒިލް)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!