ޚަބަރު

ޕީޕީއެމް ކެމްޕެއިނު ލޯންޗުކުރާ ހާއްސަ ޖަލްސާ މި މަހުގެ 28 ވަނަ ދުވަހު

ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ލޯންޗު ކުރާ ހާއްސަ ޖަލްސާ މި މަހުގެ 28 ވަނަ ދުވަހުގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ،

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާ ވިދާޅުވެފައިވަނީ އެކޯލިޝަނުގެ ފަރާތުން ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ކެޑިޑޭޓުންގެ ކެމްޕޭނު ފެށުން އޮންނާނީ 28 ވަނައަށްވާ ހުކުރުދުވަހު ރޭ އަލިމަސް ކާނިވަލުގައި ކަމުގައެވެ. އަދި އެކަމަށް ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފައި ކަމުގައިވެސް ޝުޖާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން މިޖަލްސާއަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމުގައި ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވިއެވެ. މީގެ އިތުރުން ޕީޕީއެމްގެ އިލެކްޝަން ސްޓީރިއިން ކޮމިޓީގެ ޗެއާ، މަޑަވެލީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ މިޖަލްސާގައި ޕީޕީއެމްގެ ފަރާތުން ވިއްކާ ސިޔާސަތުތައް އިފިތިތާޙުކުރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

އެ ޕާޓީން ބުނީ މިޖަލްސާއަކީ މުޅިން ތަފާތު ޖަލްސާއަކަށްވެގެންދާނެ ކަމަށާއި ޕީޕީއެމްގެ ކެޑިޑޭޓުންނާއި، ޕީޕީއެމްގެ ޢާންމު މެންބަރުންގެ އިތުރުން ދިވެހި ޤައުމު ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުން މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޕީޕީއެމުން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!