އެއް އަހަރުގެ ދަރިފުޅު ފިއްސާލީ މާ ގިނައިން ރޯތީ
އެމެރިކާ ގެ އޯކްލޮހޯމާ ގައި މަންމައަކު އޭނާގެ ދަރިފުޅު މާ ގަދައަށް ރޯތީވެ ދަރިފުޅު ގެ މޫނުގައި ދަތް އަޅާ އެ ކުއްޖާގެ ފޫކޮޅު ފިހެލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ވަނީ އެ ކުއްޖާ ހޫނު ފެން އެއްޗަކަށް ލުމުގެ އިތުރަށް އެތައް އަނިޔާތަކެއް ދީފައިއެވެ. އަނިޔާވެރި މަންމަ ، 21 އަހަރުގެ ލިއާ ރޮބިންސަން މިހާރު ހުރީ މި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައެވެ.
ފުލުހުންނަށް ލިއާ ކިޔައިދިން ގޮތުގައި ހޫނު ފެން އެއްޗަކަށް ދަރިފުޅު ލީ ވެސް ހަމަ ގަސްތުގައެވެ. އަދި މޫނު ގައި ދަތް އެޅީ ގިސްލުން ނުހުއްޓުމުން ކަމުގައި ވެސް ފުލުހުންނަށް ލިއާ ކިޔައިދީފައިވެއެވެ.
މި ހާދިސާ ހިނގައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ކަމަށް ވިޔަސް ޕޮލިހުން ލިއާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.