އޭނާ ވިދާޅުވީ މިއީ ކުޑަ ކިނބުލެއްކަމަށާއި ގާތްގަނޑަކަށް އޭތީގެ ދިގު މިނުގައި ހަތް ފޫޓް ބައި ހުންނާނެކަމަށެވެ. މިކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާކަމަށާއި ނަމަވެސް މަރުވެފައި ވުމުން ކިނބޫ ވަޅުލުމަށް އެފަރާތުން އެދޭކަމަށް ނަސީމް ވިދާޅުވިއެވެ.
18th September 2025, Thursday
މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ވިދާޅުވީ މިއަދު އިރު އޮއްސި 6:15 ހާއިރު މިކިނބޫ ފެނިފައިވަނީ ވައިކަރަދޫ ފުޓްސަލް ދަނޑާ ދިމާ އަތިރި މަތިން ޒުވާނުންތަކަކަށް ކަމަށެވެ.