ޚާންޖީ ރެސްޓޯރެންޓުގައި ވެއިޓަރެއް މަރައިލުން: ޕާކިސްތާނު ކައްކާގެ ޝަރީއަތް ނިމެންދެން ބަންދަށް!

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓު ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ބަނގްލަދޭޝްއަށް ނިސްބަތްވާ ވޭޓަރެއް މަރައިލި މައްސަލައިގައި ދަޢުވާ ލިބޭ ޕާކިސްތާނު ކައްކާގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ޝަރީޢަތް ނިމެންދެން ކަައްކާ މުޙައްމަދު އާބިދު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ އިއްޔެ ކުރިއަށް ދިޔަ ޝަރީޢަތުގައެވެ. އެ ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ މާރާމާރީ ހިނގި މަންޒަރު ފެނުނު ފަރާތްތަކާއި، އެ ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯ ރިޕޯޓާއި ހާދިސާއާ ގުޅޭ އެހެނިހެން ފަރާތްތަކުގެ ބަޔާން ކޯޓަށް ފުލުހުން ހުށަހަޅައިފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ މަންޒަރު ދުށް މީހުންގެ ވާހަކަތަކުން އޭނާ އެ ކުށް ކުރިކަމަށް ފެންނާތީއާއި އޭނާ ކުށް ކުރިކަމަށް މަތީ ފެންވަރަށް ތުހުމަތުވާތީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ހަމަނުޖެހުމުގައި މަރުވެފައި ވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ޝާހިންއެވެ.