ފުވައްމުލަކުގެ ޗަސްބިމެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ

ފުވައްމުލަކު ސިޓީގެ ޗަސްބިމެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފުން ވިދާޅުވީ، ފުވައްމުލަކު ހޯދަޑު އަވަށާ ދިމާލުން އޮންނަ ޗަސް ބިމެއްގައި އަލިފާނުގައި ހާދިސާއެއް ހިނގައިގެން އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފައިވާ ކަަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ 18:20ގައި ކަމަށް ސިފައިން މަޢުލޫމާތު ދެއްވައެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ސިފައިން އަދި ދީފައެއް ނުވެއެވެ.