ދުނިޔެ

މޭވާ ވިއްކައިގެން ދަރިފުޅަށް ކިޔަވައިދިން ބައްޕަ ހެއްވާލީ ރަން މެޑައްޔަކުން

ދެން އެމްވީ ، ދެން އޮންލައިން

މޭވާ ވިއްކައިގެން ދަރިފުޅަށް ކިޔަވައިދިން ބައްޕަ އަށް ދަރިފުޅު ރަން މެޑަލް ހޯދައިދީފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ އަބްދުލް ޢަފަރު އޭނާގެ އަންހެން ދަރިފުޅަށް ކިޔަވައިދީފައިވަނީ ޔުނިވަރސިޓީ އޮފް އެޑިއުކޭޝަން އިން ލާހޯރުންނެވެ. މާސްޓަރސް އޮފް އިކޮނޮމިކްސް ކިޔަވައި އަބްދުލް ޢަފަރުގެ ދަރިފުޅު ނޫރުލް ސަބާހް ވަނީ ރަން މެޑަލް ހޯދާފައެވެ. އެ ޔުނިވަރސިޓީއިން ދަސްވެނިވި 12000 ދަރިވަރުންގެ ތެރެއިން ރަން މެޑަލް ހާސިލް ކޮށްފައިވަނީ އެންމެ 158 ދަރިވަރުންނެވެ.

ނޫރު އޭނާގެ ގްރެޖުއޭޝަން ސްޕީޗްގައި ބުނެފައިވަނީ އޭނާއަށް ލިބުނު މެޑަލް ހާއްސަ ކުރަނީ އޭނާގެ މަންމަ އާއި ބައްޕައަށް ކަމަށެވެ. އަދި ބައްޕަ މޭވާ ވިއްކައިގެންނާއި މަންމަ ގޭގައި އިނދެ ފަހައިގެން ވެސް އޭނާއަށް ރަނގަޅު ތައުލީމެއް ހޯދައިދޭން ވެފައިވާ ގުރުބާނީތަކަށް ނޫރު ވަނީ ޝުކުރުއަދާކޮށްފައެވެ. އެތަކެއް ގުރުބާނީގެ ފޮނި މޭވާ ގެ ރަހަ ލިބި އަބްދުލް ޢަފަރު އާއި އަންހެނުން ތިބީ ދަރިފުޅު ގެނައި ކާމިޔާބީއާއެކު އުފަލުން ފޮޅިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!