ޚަބަރު

މިނިސްޓަރު މަހުލޫފު އަދިވެސް ޔޯގާ ހަރަކާތް ދިފާޢު ކުރެއްވުމުގައި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތާ އެކު މައްސަލަ މިވަނީ ވަރަށް ބޮޑުވެފައެވެ.

Ads by MWSC

ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން މި ހަރަކާތް ކުރިއަށް ނުގެންދިއުމަށް އިލްތިމާސް ކުރައްވައިފައި ވަނިކޮށް، ޔޫތު މިނިސްޓްރީއާއި އިންޑިއާ ކަލްޗަރަލް ސެންޓަރު ގުޅިގެން ކުރިއަށްދިޔަ ހަރަކާތް ،ޒުވާނުންތަކެއް ނިކުމެ ވަނީ ހުއްޓުވައިފައެވެ. އެ ހަރަކާތް ކުރިއަށްދިޔަ ތަނަށް ވަދެގަނެ ހަރަކާތް ހުއްޓުވައި ބައެއް ސާމާނުތަކަށް ވެސް ގެއްލުން ދީފަވެއެވެ.

މި ހަރަކާތާ ގުޅިގެން މިނިސްޓަރު މަހުލޫފު އިއްޔެ ވިދާޅުވީ، މިއީ ޕީ.ޕީ.އެމްއާ ސަލަފް ގުޅިގެން ކުރި ކަމެއް ކަމަށެވެ. އެހެން ނަމަވެސް ސަލަފް ޖަމިއްޔާއިން ވަނީ މިނިސްޓަރުގެ އެ ވާހަކަތައް ދޮގު ކުރައްވައިފައެވެ.

ޔޯގާ ހަރަކާތުގެ އަޑު ގަދަވެ އަދިވެސް ގިނަ ބަޔަކު އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުން ގެންދާއިރު، މިއަދު މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައެއް އިލްމުވެރިން ޔޯގާ ހަރާމް ކަމަށް ބުނާއިރު،  މުސްލިމް ހުރިހައި ޤައުމުތަކުގައި ވެސް ބައެއް އިލްމުވެރިން ސްޕޯޓްސް ޔޯގާ ހުއްދަ ކަމަށް ބުނާ ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކަތަކަށް ވެސް ގިނަ ބަޔަކު އަންނަނީ ރައްދުދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!