ޚަބަރު ސިޔާސީ

ލޮލަށް މިރުސް އެޅިފައި ނެތްނަމަ، ތަރައްޤީ ފެންނާނެ: މަހުލޫފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ށ.މިލަންދުއަށް ވަޑައިގަތުމުން، އެ ރަށުން އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް "ދަމައިލި ދިގު ލައިނަކީ" އެމަނިކުފާނަށް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ވުމަށް ޖެހުނު ސިއްކައެއް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަހުލޫފު މިހެން ވިދާޅުވީ، މިހާރު މިލަންދޫގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މަހުލޫފުގެ ވާހަކައިގައި، ރާއްޖެއަށް މި ސަރުކާރުން ގެންނަ ތަރައްޤީއަށް ތައުރީފު ކުރައްވައި، ލޮލަށް މިރުސް އެޅިފައި ނެތްނަމަ، ތަރައްޤީ ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ލޯ ކަނު، ބީރު ނޫން މީހަކަށް ވެއްޖެއްޔާ، ހަމަ ގައިމުވެސް ފެންނާނެ."

މަހުލޫފު ވިދާޅުވީ ރައީސް ޞާލިޙުގެ ކެމްޕެއިނުގައި އޭނާއަށް އެޑްވާންސް ޓީމާއިއެކުގައި، 55 ރަށަކަށް ދެވިއްޖެ ކަމަށާއި، އެ ރަށްރަށުން ރައީސްއަށް މެޖޯރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

 

Ads by Ooredoo
  1. އެހެން ވީމާ ކުރިން ހުރީ ލޮލަށް މޮރުސް އެޅިފަދޯ…

  2. ވަހުތާނު

    އިބޫގެެ ވެރިކަމަކީި ދިވެހިގައުމުދުއްް އެންމެެ ނުރައްކާތެރިި ބިރުވެރިި ގައުމުދަރުވާލިސަރުކާރުު އަދިި މުޅިގައުމުގަަ ފިތުނަފަސާދަާ އާއްމުކޮއްފިި އިސްލާމްދީނާާ ﷲގެެ ކަލާމްފުޅައްް ހަޖޫޖަހާާ ގޮންޖަހައިފިި ގައުމުބަގުރޫޓްކޮއްލައިފިި ޑުރަގުބޭނުންގޮތަކައްް ގެންގުޅެންފަށައިފިި ފާހިޝްކަންތައްް ކޮޅުންލައިފިި ދިރިއުޅުމުގެެެ ހަރަދުއިންތިހާއައްް ބޮޑުކޮއްފިއުލާކުނިކޮޅުންް އެތަކެއްހާސްގުނަބޮޑުކޮއްފިި ޕްލާސްޓިކުު ކޮތަޅުު ރަނެއްވުރެެ އަގުބޮޑުކޮއްފިި ކަރަންޓާފެން ބިލްް އަތްނުފޯރާހިސާބައްް ބޮޑުކޮއްފިގަށިގަޑައްް ފައިދާހުރިި ކާއެއްޗަކައްް ބަލާލަންވެސްް ނުކެރޭހާަ އަގުތައްް ބޮޑުކޮއްފިމީހަކުު ބައްޔެއްވެއްޖެއްޔާާ ސަލާންޖަހައިގެންވެސްް އެއްޗެއްނުލިބޭޭ

  3. ލޮނުމިރުސް

    މަހޭވެސްް ވަޒީފާގެއްލިއްޖެއްޔާާ އިބޫގެެ ސަރުކާރުު އޮރިޔާންކޮއްލާނެކަމައްް ބުނަންފެށުމުންް ސަރުކާރުވިޔާނުދާާ ކަންތައްް ބޭޒާރުކޮއްލާނެެ ކަންް އިބޫއައްް ކަށަވަރުވީމާާ މަހޭެ ގަދަކޮއްް އުޅޭތަންފެންނަނީީ އަލީވަހީދުު ވެސްް ހަމަަ އަދީބުވެސްް ހަމައެގޮތައްް ހިފަހައްޓައިގެންް ތިއުޅޭސަބަބުު ރައްޔިތުންނައްް އެގޭެ ތިކަންތަކައްް ބަރާބަރައްް ޖަވާބުދާރީއައްް ތައްޔާރުވާންް ފަށާތަންފެންނަންް ފަށައިފިި ވަރައް މާޔޫސްކޮއްް ފެންނަނީީ ޑިމޮކްރެޓްސްީ އިންް ފަހަތުންއަރާަ ކާމިޔާބުކުރަނީީ

  4. މޮހޮރު

    މިރުސް ފެންޖެހިފަހުރި މީހުން ފެންނަ ދުވަސް ވަރައް ކައިރިވެއްޖެ އޮރިޔާން ވާބަޔަކު އެނގިދާނެ ބަލަން މިތިބީ

  5. އައްޔަ

    ފެންނަނީީ ދަރީގެެ އަޑުު ތަރައްގީވިތަން