ޚަބަރު

މެޗަކުން ބަލިވިޔަސް، އެއީ މާ ބޮޑު މައްސަލައެއް ކަމަށް ނުދެކެން: މަހުލޫފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު މެޗަކުން އަދި ބަލިވުމަކީ މައްސަލައެއް ނޫން ކަމަށް ޔޫތް މިނިސްޓަރު އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by MWSC

މަހުލޫފު މިހެން ވިދާޅުވީ، މުބާރާތުގައި އިއްޔެ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން 3-1އިން ރާއްޖޭގެ ޓީމު ބަލިވުމާ ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ ފުޓުބޯޅަ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތް މިސަރުކާރުން ވާނީ ކޮށްފައި އަދި ދަނީ ކުރަމުން ކަމަށެވެ.

 

”ފުޓުބޯޅަ ޓީމު އަދި މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއް ކަމަށް މިއަދު ނުދެކެން. ރަނގަޅު ކުރަންޖެހޭ ކަންކަން ބަލާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އަބަދު ވެސް ދޭނަން. އެކަމާ ދެރަވާއިރު، އަޅުގަނޑުމެންގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ހޯދަދިން ކާމިޔާބީއާއިއެކު ލިބޭ ހިތްހަމަޖެހުމާއި ލިބޭ އުފާ މާބޮޑު،“ މަހުލޫފް ވިދާޅުވިއެވެ.

 

މިނިސްޓަރު ވިދާޅުވީ، މަތިން އުދުހިލާއިރު އެމަންޒަރުތައް ރީތިކޮށް ރަށްރަށުން ފެންނާނެ ކަމަށާއި ހަމައެކަނި ފުޓުބޯޅަ ތަރައްގީކުރުމަށް 50 ބޮޑު ފުޓުބޯޅަ ދަނޑު އެކި ރަށްރަށުގައި ގާއިމް ކުރެވިފައިވާ އިރު ޖުމްލަ 120 ދަނޑުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ކުޅިވަރުތަކުގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލެވިފައިވާ ކަމަށާއި، ހުރިހައި ކުޅިވަރަކުން ބައިވަރު ފުރުސަތުތައް ފަހިކޮށް ގިނަ ދޮރުތައް ހުޅުވާދެވިފައިވާއިރު އޭގެ ނަތީޖާ އެ ކުޅިވަރުތަކުން ދައްކަމުންދާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕްގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ރާއްޖެ ނިކުންނާނީ ލުބްނާންއާ ދެކޮޅަށެވެ.

Ads by HDC
  1. ދޮށީބޭ

    ބަރާބަރު ވާހަކައެއް.