ޚަބަރު

ގަލޮޅު ދަނޑުގައި އައު ސްޓޭޑިއަމް އަޅާނެ ކަމާއިމެދު ޝައްކު ނުކުރުމަށް ޔޫތު މިނިސްޓަރު އެދިވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ގަލޮޅު ދަނޑުގެ އައު ސްޓޭޑިއަމްގެ ކުރެހުމެއް

ގަލޮޅު ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، އެކަމާމެދުގައި ޝައްކު ނުކުރެއްވުމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު އެދިވަޑައިގެންފިއެވެ.

Ads by MWSC

ގަލޮޅު ދަނޑުގައި އަލަށް ތަރައްޤީ ކުރާ ސްޓޭޑިއަމްގެ ފޮޓޯތައް، ޔޫތު މިނިސްޓަރު މަހުލޫފު އެންމެ ފުރަތަމަ ހިއްސާ ކުރެއްވީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ދަނޑުގެ ކުރެހުން ހިތްގައިމު ވިޔަސް، ގިނަ ބަޔަކު ކުރި ކޮމެންޓުގައި ވަނީ، އައު ދަނޑެއް ތޮއްޖެހިފައިވާ މާލޭގައި އެޅުމަށްވުރެ،  ހުޅުމާލޭގައި އެޅުން ރަނގަޅުވާނެ ކަމުގައެވެ.

ގަލޮޅު ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާ ގުޅޭގޮތުން، މީސްމީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވީ، އިންޑިއާގެ އެލްއޯސީގެ ދަށުން ޤާއިމްކުރާ ގަލޮޅު ދަނޑު، ހަތަރު ސިންތެޓިކް ޓްރެކް (ގދ.ތިނަދޫ، ފުވައްމުލައް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށި) ، ތިން ކޯޓުގެ ވޮލީބޯލް އިންޑޯ، ތިން ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ޤާއިމު ކުރަން ޓެންޑަރކޮށް ބިޑު ނެގުން މިމަހު 16 ގައި އެބައޮތް ކަމަށެވެ.

"42 މިލިއަން ޑޮލަރު ވަނީ ހަމަޖެހިފަ. އިރާދަކުރެއްވިއްޔާ މި ދައުރުގައި މަސައްކަތްތައްފެށޭނެ. އަދި ނިންމާނީވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގަ. ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފަ." މަހުލޫފުގެ ޕޯސްޓުގައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރުމުގައި މި ސަރުކާރު އޮތީ މުޅިން އެހެން "ލެވަލް" އެއްގައި ކަމަށެވެ.

Ads by Allied Insurance
  1. އަދި 5 ދައުރު ދިނީމަތޯ؟އެކަމަކު ރައްޔިތުން ޗޯރު ދަރަނިބޮލަށް އިތުރު ދައުރެއް ދޭކަށް ނުން.ސޮރީ.