ޚަބަރު

ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫންގެ ދަރުސް ދިނުމުގެ ހުއްދަ ސަސްޕެންޑްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޝެއިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާނަށް ދީފައިވާ ދީނީ ތަޤްރީރު ދިނުމާއި ވައުޠު ބުނުމާއި ދީނީ އިރުޝާދު ދިނުމަށް ދީފައިވާ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހިފަހައްޓައިފިއެވެ.

Ads by STELCO

އެ މިނިސްޓްރީ މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ އައްޝެއިޚް ފަޒްލޫން މުހައްމަދު – ނާޒް/ ށ. މިލަންދޫއާއި އައްޝެއިޚް އަދަމް ނިޝާމް – ސޯސަންވިލާ / ލ. މާމެންދޫއަށް  ދޫކޮށްފައިވާ ދީނީ ތަގްރީރު ދިނުމާއި ވައުޠު ބުނުމާއި ދީނީ އިރުޝާދު ދިނުމަށް ދީފައިވާ ހުއްދަ ހިފަހައްޓައިފައިވާ ކަމަށެވެ.

އަދި އެ ހުއްދަ ހިފަހައްޓައިފައި ވަނީ ގަލޮޅު ދަނޑުގައި އިއްޔެ އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެ ތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި އެއްވުމަށް ހިތްވަރު ދީފައިވާތީ ކަމަށާއި ޝައިޚުން ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވައިލައި، ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، އަދި ދައުލަތުގެ މުދަލަށް ގެއްލުން ދީފައި ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

މިހެންވެ، އެ ދެ ފަރާތުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން އަންގައިފައި ވާތީ ހުއްދަ ބާތިލްކުރީ ކަމަށް ބަޔާނުގައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!