ޓިއުމަރެއް ހުރި އިންޑިއާގެ ފާދިރީއަކީ ކަލާނގެ ކަމަށް ގަބޫލުކޮށްފި
މޫނުގައި ޓިއުމަރެއް އުފެދިފައި ހުރި ފާދިރީ އަކީ ކަލާނގެ ކަމަށް ގަބޫލުކޮށް އިންޑިއާ މީހުން އޭނައަށް އަޅުކަން ކުރަން ފަަށައިފިއެވެ.
އުފަން ވުމުގައި ވެސް މޫނުގައި ޓިއުމަރު އުފެދިފައިވާ އިންޑިއާ ރައްޔިތެއް ކަމަށްވާ ދާބުލް މިޝްރާ ގެ ޓިއުމަރުގެ ސަބަބުން މޫނާއި ތުންފަތް އާދަޔާ ހިލާފަށް ބޮޑުވެފައިވެއެވެ. ދާބުލް ވަނީ ޓިއުމަރު ނެގުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައެވެ. އަދިވެސް އެ މަސައްކަތް ހުއްޓާނުލާނެ ކަމުގައި އޭނާ ބުނެއެވެ.
އެ ޓިއުމަރަކީ އުނދަގުލެއް ގެ ގޮތުގައި ދާބުލް ސިފަ ކުރާއިރު އެ އަވަށުގެ އެހެން މީހުން ގަބޫލު ކުރަނީ އެއީ ކަލާނގެ އެއް ކަަމަށެވެ. އިންޑިއާގެ އަވަށެއް ކަމުގައިވާ އެތަވާ ގެ ރައްޔިތުން އޭނާގެ ކައިރިއަށް އައިސް ސަޖިދަ ޖަހައި އުޅެއެވެ.
ދާބުލް ދިރިއުޅެނީ އޭނާގެ ލޯފަން އަނބިމީހާ އާއި ދަރިންނާއިއެކުގައެވެ. އަދި އެ ހާލުގައި އުޅެމުން ވެސް އާއިލާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ވެސް ދާބުލްއެވެ.