Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަސް ފެތުރޭ ކަމަށް ބުނެ ޗައިނާގައި ދެ ކުއްތާ މަރާލައިފި

ޗައިނާގެ އެކި ހިސާބުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރޭ ކަމަށް ބުނެ ޗައިނާގައި ކުޑަ ދެ ކުއްތާ މަރާލައިފިއެވެ.

ޗައިނީސް ކޮމިއުނިޓީ އޮފިސަރެއް މި ކުއްތާތައް މަރާލައިފައިވަނީ ދަގަނޑު ހޮޅިއެއް ބޭނުންކޮށް އެ ކުއްތާ ގެ ވެރި ފަރާތުގެ ކުރިމަތީގައެވެ. އެ ދެ ކުއްތާ އަކީ ވެސް ގޭގައި އޮޅުކޮށްގެން ގެންގުޅޭ ދޭއްޗެވެ. އަދި ވެރި ފަރާތުން ވަނީ ކޮމިއުނިޓީ އޮފިސަރާ މިކަމާ ގުޅިގެން ވަރަށް ގަދައަށް ޒުވާބު ވެސް ކޮށްފައެވެ.

މި ކުއްތާތައް މަރާލާ މަންޒަރު ހިމެނޭ ވިޑިއޯއެއް މިހާރު މީސްމީޑިއާގައި އަންނަނީ ފެތުރެމުންނެވެ. މި ވީޑިއޯއިން ކުއްތާ ނުދީފިނަމަ އޭގެ ވެރި ފަރާތްމަރާލާނެ ކަމުގެ އިންޒާރު ވެސް ކޮމިއުނިޓީ އޮފިސަރު ދޭތަން ފެނެއެވެ. ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި މިކަމަށް ފާޑު ކިޔައި ވާހަކަ ދައްކަމުންނެވެ.

Advertisement
Allied — Dhen Online (box)

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 78064 އަށް އަރާފައިވާއިރު، މަރުވި މީހުން އަދަދު ވަނީ 2715 އަށް އަރާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް