ދުނިޔެ

މިފަހަރު ޗައިނާ މީހަކު ބުޅަލެއް ކާން އުޅޭ މަންޒަރު

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި އެއްގަމު މަސް ވިއްކާ ތަނެއްގެ ބޭރުގައި ބުޅަލެއް ކަތިލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ. މި ވީޑިއޯ އާންމު ވެފައިމިވަނީ ކޮރޯނާ ވައިރަސް ފެތުރެނީ ވަލު ޖަނަވާރު ފަދަ އެއްޗހިން ކަމަށް ބުނެ މިފަދަ އެއްޗެހި ކާ މީހުނާއި މެދު ނުރުހުން ފާޅުކޮށްފައިވާ ދުވަސްވަރެއްގައެވެ.

Ads by Sosun Fihaara

ވީޑިއޯއިން ފެނިގެންދަނީ ޗައިނާގެ ވުހާން އަވަށުގައި މީހަކު ކެފޭއެއްގެ ބޭރުގައި ބުޅަލެއް ކަތިލާ މަންޒަރެެވެ. މި މީހާ އެއްވެސް އަންގިއެއް އަދި އިތުރު ރައްކާތެރި ކަމުގެ އެއްޗެއްކަތިލުމުގައި ބޭނުން ކޮށްފައި ނުވާއިރު ކޮރޯނާ ވައިރަހާ ގުޅިގެން ވަލު ޖަނަވާރު ކެއުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ. މިކަން ކުރި މީހާއާއި ދެކޮޅަށް މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

މީގެ ކުރިން ވެސް ޗައިނާ އަންހެނަކު ވާލެއް ކާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވިއެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ 70 އިންސައްތަ މީހުނަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާއިރު މިހާތަނަށް 77658 ކޭސް ރިޕޯޓު ކޮށްފައިވާއިރު ތިންހާހެއްހާ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!