މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ރާއްޖޭގެ ތާރީޚު ދެކޭނެ އެންމެ ބޮޑު ޚިޔާނާތް: ޑރ.ޚަލީލް

މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ރާއްޖޭގެ ތާރީޚު ދެކޭނެ އެންމެ ބޮޑު ޚިޔާނާތްކަމަށް ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ.ޚަލީލް ވިދާޅުވީ މާލެ ސަރަހައްދުން ހިލޭ ދޫކުރަން ސަރުކާރުން ނިންމާފައިވާ 4000 ގޯތީގެ އެންމެ ކުޑަ މާކެޓް ވެލިއުއަކީ 40 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ދައުލަތުގެ ދަރަނީގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުގެ ޢަދަދެއް ކަމަށާއި ހިންގާން މި އުޅެނީ ރާއްޖެ ދެކޭނެ އެންމެ ބޮޑު ''އިކޮނޮމީ ކްރައިމް'' ކަމަށެވެ.
''ރާއްޖޭގަ އޮތް ހަމައެކަނި އާބަން ސެންޓަރ, ގްރޭޓާ މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ރާއްޖޭގެ ތާރީޚު ދެކޭނެ އެންމެ ބޮޑު ޚިޔާނާތް.''
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯއްޗާއި, ގުޅިފަޅުން 2000 ގޯތި ދޫކުރަން ނިންމައި މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފައެވެ. އަދި ގިރާވަރު ފަޅު ހިއްކައި ނިމުމުން އެ ތަނުން ވެސް މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.