ފަގީރުކަން ނައްތާލަން ބޭނުން ނަމަ މުއްސަދިންނާއި ފަގީރުންނާއި ދެވާ
ފަގީރުކަން ނައްތާލަން ބޭނުންނަމަ އެކަމުގެ ހައްލަކީ މުއްސަނދިންނާއި ފަގީރުން ދެވުން ކަމުގައި އިންޑޮނީޝިއާގެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިއާ ހިއުމަން ރައިޓްސް އެންޑް ކަލްޗަރ މިނިސްޓަރ މުހާދީރް އެފެންޑީ މިހެން ވިދާޅުވީ ޖަކާރޓާ ގައި ބޭއްވި އެ ގައުމުގެ ގައުމީ ސިއްހަތާއި ބެހޭ ބައްދަލުވުން ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައެވެ. މުހާދީރު އިތުރަށް ބުނިގޮތުގައި އިންޑޮނީޝިއާ ފަދަ މުސްލިމު ގައުމެއްގައި ދީނީ ގޮތުން އިންނަން ޖެހެނީ ތިމާއާއި އެއް ފަންތީއެއްގެ މީހަކާ ކަމުގެ ކުށްހީ މީހުނަށް ހީވެފައިވާ ކަމުގެއެވެ.
ނަމަވެސް މިކަމަކީ ބަަދަލު ކުރަން ޖެހިފައިވާ ބޯދާ އާދައެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ. އަދި ފަގީރުކަން ނައްތާލަން ބޭނުން ނަމަ އެކަމަށް އޮތް ހައްލަކީ މުއްސަނދިންނާއި ފަގީރުން އިނުން ކަމުގައި މުހާދީރު ތަކުރާރު ކުރައްވަމުން މުހާދީރު ވަނީ މުއްސަނދިންނާއި ފަގީރުން އިނުމަށް ފަތުވާ އެއް ނެރެދެއްވުމަށް ރިލިޖަސް އެފެއަރސް މިނިސްޓަރު ގާތުން އެދި ވަޑައިގެންފައެވެ.
ދާދި ފަހުން ވޯލްޑް ބެންކުން ނެރުނު ރިޕޯޓެއް ދައްކާ ގޮތުގައި 115 މިލިއަން އިންޑޮނީޝިއާ މީހުން ދިރިއުޅެނީ ފަގީރު ހާލުގައެވެ. މިއީ އެ ގައުމުގެ އާބާދީގެ 45 އިންސައްތަ މީހުންނެެވެ.