ޚަބަރު

މީގެ އަހަރެއްކުރިން ނިޔާވި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙްޤީޤަށް ހޯދުމަށް ފުލުހުން މިއަދު އިއުލާނުކުރީ ނިޔާވެފައިވާ މީހެއްކަން އެނގިއްޖެއެވެ.

Ads by MPL

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙްޤީޤަށް ހޯދުމަށް ފުލުހުން ކުރި އިއުލާނުގައިވާ މީހަކީ އދ.ދަނގެތި/ފެހިވިނަ, ޝަކުލުﷲ ޢަލީ ކިޔާ މީހެކެވެ.

މަޢުލޫމާތު ލިބޭ ގޮތުން އޭނާ ނިޔާވީ 2021 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުގައެވެ.

އެ މީހާ ހޯދަން ކުރި އިއުލާނު ފުލުހުންގެ ވެބްސައިޓުން މިހާރު ވަނީ ނަގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!