ވިޔަފާރި

"ދިވެޒޮން"ގެ ހިދުމަތް މިފަހަރު ލާމު އަތޮޅަށް!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި މަގްބޫލުކަން ހޯދަމުން އަންނަ މުދާ ޑެލިވާ ކޮށްދޭ ސާވިސްއެއް ކަމަށްވާ "ދިވެޒޮން" އިން ލާމު އަތޮޅަށް އެ ހިދުމަތް ފުޅާ ކޮށްފިއެވެ.

Ads by MWSC

ދިވެޒޮން އަކީ ގޭގައި ތިބެގެން މާލޭގެ ފިހާރަތަކުން ގަންނަ އެއްޗެހި ގެއާ ހަމައަށް ގެންގޮސްދޭ ހިދުމަތެކެވެ. އެގޮތުން މި ހިދުމަތް މިހާރު ދެމުން އަންނަނީ ގދ. އަތޮޅުގެ ރައްޔިތުންނަށެވެ. ދިވެޒޮން އިން ވަނީ މި ހިދުމަތް ފުޅާ ކޮށް ލާމު އަތޮޅުގެ ރައްޔިތުންނަށް ވެސް ހިދުމަތް ފޯރޮކޮށްދޭން ފަށާފައެވެ.

ދިވެޒޮން އިން، ކާގޯކޮށް މުދާ ގޭ ދޮރުމައްޗާ ހަމައަށް ގެންގޮސްދެނީ ކޮންމެ ހަފްތާއަކު ވެސް އާދީއްތަ ދުވަހުއެވެ. ކާގޯ ކުރާ މުދަލުގެ ބަރުދަން 1 ކިލޯ ނުވަތަ އެއަށްވުރެ ލުއިނަމަ އެ މުދަލެއް އެންމެ 45 ރުފިޔާ އަށް ގެއާ ހަމައަށް ގެންގޮސްދެއެވެ. އަދި އެއަށް ވުރެ ބަރުދަން އިތުރުވާ ކޮންމެ ކިލޯ އަކަށް 20 ރުފިޔާ ޗާޖު ކުރާނެއެވެ.

މީގެ އިތުރުން ކާގޯ އިންސޫރެންސްގެ ހިދުމަތް ވެސް ދިވެޒޮން އިން ފޯރު ކޮށްދެއެވެ.

ދިވެޒޮން އިން ބުނީ އިތުރު އަތޮޅުތަކަށް މި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބުކް ހެއްދުމަށާއި މައުލޫމަތު ހޯއްދެވުމަށް ދިވެޒޮންގެ ނަމްބަރު 7939333 އަށް ގުޅުއްވުމަށް އެ ފަރާތުން އެދެއެވެ. އަދި ގދ. އަތޮޅުން ބުކިން ހެއްދުމަށް އިސްމާއިލް ފަތުހީ(7877728) އަދި ލާމު އަތޮޅުން ބުކިން ހެއްދުމަށް އަލީ މުހައްމަދު(7979790) އަށް ގުޅުއްވުމަށް ވެސް ދިވެޒޮން އިން އެެދެއެވެ.

އިތުރު މައުލޫމާތު ދިވެޒޮންގެ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!