ޚަބަރު

އިތުރު 5 ރަށެއްގައި އޭ ލެވެލް ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސްކޫލު ދަރިވަރުންތަކެއް

ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، އިތުރު ފަސް ރަށެއްގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފަށަން ނިންމައިފި އެވެ.

Ads by MPL

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފަސް ރަށަކަށް މަތީ ސާނަވީގެ ފުރުސަތަށް ހުޅުވައިލާނީ އެކަށީގެންވާ ޢަދަދަކަށް ދަރިވަރުންތަކެއް އެ ރަށެއްގައި ގްރޭޑު 10 ނިންމާ ދަރިވަރުންގެ ތެރޭގައި ތިބެއްޖެ ނަމަ ކަމަށެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުޙައްމަދު ވިދާޅުވީ މި އަހަރުގެ ސާނަވީ އިމްތިޙާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ. އެހެންވެ އެސްކޫލްތައް ފާހަގަކޮށް ދަރިވަރުން މަތީ ސާނަވީ އަށް ރަށުގައި ކިޔަވަން އެދޭ ނަމަ އެރަށްތަކުގައި ތިބެގެން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭލެވެލް ފުޅާކުރުމުގައި ސަސްޓެއިނަބިލިޓީއަށް ވެސް ބަލަމުން އަދި ރަނގަޅު ނަތީޖާ ހޯދާފައި ތިބި ގިނަ ދަރިވަރުންތަކެއް އެ ރަށެއްގައި މަޑުކޮށްގެން ތިބެގެން މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާކަމުގައިވާ ނަމަ މިހާރު ގެންގުޅޭ ވަކި މިންގަނޑުގެ ތެރެއިން އޭ ލެވެލް ފެށުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި އިތުރު ސްކޫލުތަކަށް އެބަދެން." އޭނަ ވިދާޅުވި އެވެ.

އެހެންވެ ފަސް ރަށަކަށް އެ ފުރުސަތު ދެވޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

އެކަމަކު އެއީ ކޮން ރަށެއްގެ ކޮންކޮން ސްކޫލްތަކެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

Ads by Allied Insurance