ޚަބަރު

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 30 ފުލުހަކު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ފުލުހުން

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

Ads by Hajj Corporation

މި ރަސްމިއްޔާތު އޮތީ އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގައެވެ.

އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާލައިދެއްވީ އައްޑޫ ސިޓީ ޖުޑީޝިއަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ހާޝިމެވެ.

އެ ރަސްމިއްޔާތުގައި 23 ފިރިހެން ފުލުހުންނާއި, އަންހެން 05 ފުލުހުންނާއި, ސްޕެޝަލް ކޮންސްޓަބުލަރީގެ ފިރިހެން ދެ ފުލުހަކު ހުވާކޮށް ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.

ފުލުހުންނަށް ހުވާ ލައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!