ދުނިޔެ

ކޮރޯނާ ވައިރަހާއެކު ކޯކު ލިބުމަށް ދަތިތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ހަމަގައިމުވެސް އެންމެ ގިނަ ބަޔަކު ލޯބިކުރާ އެއް ބުއިމަކަަށް ކޮކާ ކޯލާ ނުވަތަ ކޯކު ވާނެއެވެ. ކެއުމަކަށް ދިޔަޔަސް ގޭގައި ކެޔަސް ކޯކަކީ ކޮންމެހެންވެސް ހުންނަން ޖެހޭ ބުއިމެކެވެ. ނަމަވެސް މި ފަހަރު މިއޮތީ ކޯކަށް ލޯބިކުރާ ފަރާތްތަކަށް ހިތާމަވެރި ހަބަރެކެވެ.

Ads by Sosun Fihaara

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަަހާއެކު ކޯކު ލިބުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ރިޕޯޓުތައް ބުނާ ގޮތުގައި ޑައެޓު ކޯކު އަދި ޒީރޯ ކޯކު މުޅިންހެން ލިބުން ހުއްޓިދާނެއެވެ. މިފަދަ ކޯކު ހެދުމުގައި ބޭނުންކުރާ އާޓިފިޝަލް ސްވީޓެނަރ އެތެރެކުރަނީ ޗައިނާއިންނެވެ.

ޗައިނާއިން އެތެރެ ކުރާ އާޓިފިޝަލް ސްވީޓެނަރ ނުލިބުނު ކަމުގައި ވިޔަސް އޮސްޓްރޭލިއަން ސަޕްލައި އަށް މާބޮޑު ބުރުލެއް ނާރާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި މުއްދަތުގައި މިވަރުން ހިފަހައްޓާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބަުން ދުނިޔޭގެ އެކި ހިސާބުތަކުން 50 ގައުމަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު 82 ހާހަށް ވުރެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވެއެެވެ. އަދި 2807 ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!