ޚަބަރު

އެމްޑީޕީ ހަރުގެތަކުގައި ވެސް އަޅުވާފައި ހުރީ ޕީޕީއެމްގެ ޖަލްސާ!

ދެން އެމްވީ ، ދެން އޮންލައިން

ކައުންސިލް އިންތިހާބަށް ކެމްޕެއިން ލޯންޗު ކުރުމަށް އިދިކޮޅު ޕީޕީއެމްއިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ ހަރުގެތަކުގައި ބެލުމަކީ ހިތާމަކުރާ ކަމެއްކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަދި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީ ޖަގަހައެއްގައި ޕީޕީއެމް ޖަލްސާ ޓީވީގައި އަޅުވާފައި ހުރި ފޮޓޯއެއް ޓްވީޓު ކުރައްވާ އަލްހާން ވިދާޅުވީ އިދިކޮޅު ޕާޓީގެ ޖަލްސާ އަށް އާދަޔާ ޚިލާފު އަދަދަކަށް މީހުން ނުކުތުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ދުއްތުރާލުގެ ސަބަބުން ވާގޮތެއްކަމަށެވެ. އަދި މީ ރައްޔިތުން ސަރުކާރުގެ މޫނުމަތގައި ޖެހި ބޮޑު ތަފާއްޔެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެމްޑީޕީގެ ހަރުގެތަކުގައި ޕީޕީއެމްގެޖަލްސާ ބަލަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.

މިރޭގެ ޕީޕީއެމް ޖަލްސާއަށް ގިނަ ބަޔަކު ވަނީ ކާނިވާ ސަރަހައްދަށް އެއްވެފައެވެ. މި ޖަލްސާއަށް ގިނަ ބަޔަކު އެއްވެފައިވާ އިރު ޕީޕީއެމްއިން އަންނަނީ އެމްޑީޕީ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.

ޕީޕީއެމްގެ ޖަލްސާ އަށް ގިނަ މީހުން ހާޒިރުވެފައިވާއިރު، އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!