ބަގީއާއެކު މޫދަށް ވެއްޓުނު ޒުވާނާ ނިޔާވެއްޖެ
ބ.އަތޮޅު ރިސޯޓެއްގައި ބަގީއާއެކު މޫދަށް ވެއްޓުނު އަންހެންމީހާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ރޭގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ މޮރޮކޯގެ އަންހެނަކަށް ކަމަށެވެ. އޭނާ އަކީ އެ ރިސޯޓުގެ މުވައްޒަފެކެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއްވިއެވެ.
Ads by Allied Insurance