ލައިފްސްޓައިލް

އެންމެ ފިޒީ ބުއިމަކުން ވެސް ސްޓްރޯކު ޖެހުމަށް މަގުފަހިވޭ

ދެން އެމްވީ ، ދެން އޮންލައިން

ފިޒީ ބުއިންތަކަކީ ސިއްހަތަށް ކިހާ ގެއްލުން ހުރި އެއްޗެއްކަން އަހަރުމެން އެންމެން ވެސް ދަންނަމުއެވެ. ނަމަވެސް ފަހުގެ ދިރާސާ އަކުން މިވަނީ ފިޒީ ބުއިން ތަކުން ހަށިގަނޑަށް ކުރާ ނުރައްކާތެރި އަސަރު ވަރަށް ރަނގަޅަށް ހާމަކޮށްދީފައެވެ.

Ads by Sosun Fihaara

މި ދިރާސާ އިން ދައްކާ ގޮތުގައި 40 ގެ އަހަރުތައް ގުނަމުންދާ މީހުން ބޯލާ އެންމެ ފިޒީ ބުއިމަކުން ވެސް ސްޓްރޯކު ޖެހުމަށް މަގުފަހިވެއެވެ. އެންމެ 330އެމްއެލް ގެ ބުއިމަކުން ވެސް ކޮލެސްޓްރޮލް ލެވެލް އިންތިހާއަށް މަތިކޮށްލާ ލޭގައި ބްލަޑް ކްލޮޓްސް އުފެދުމަށް މަގުފަހި ކުރުވާ ކަމަށް މިދިރާސާގައި ބުނެފައިވެއެވެ. އަދި މީގެ ސަބަބުން ސިކުނޑިއަށާއި ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދެއެވެ.

މި ދިރާސާ ކޮށްފައިވަނީ 40 އަހަރުގެ 6000 އަށް ވުރެ ގިނަ މީހުން ހިމަނައިގެން 12 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ދިރާސާއިން އިތުރަށް ދައްކާ ގޮތުގައި ފިޒީ ބުއިންތަކުން ދުރު މީހުނަށް ވުރެ އެ ބޯ މީހުންނަށް ސްޓްރޯކު ޖެހުމުގެ ފުރުސަތު 53 އިންސައްތަ އިތުރެވެ.

ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ދުނިޔޭގައިި އަހަރަކު 15 މިލިއަން މީހުނަށް ސްޓްރޯކު ޖެހެއެވެ. މީގެ ތެރެއިން 5 މިލިއަން މީހުން އެ ބަލީގައި މަރުވެ އަދި 5 މިލިއަން މީހުން އެ ބަލީގެ ސަބަބުން އުމުރަށް ނުކުޅެދިފައިވެއެވެެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!