ހަލީލު މަޖިލީހުގައި ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލައެއް ހުށަހަޅައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރައްޔިތުންގެ މަޖިލީހުގައި ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީގެ ދުވަސްތަކެއް ކުރިން މަޖިލިހަށް ވަޑައިގެން އޭނާ ދުވަހަކު ވެސް 'އިންޑިއާ އައުޓް' ޓީޝާޓް ތުރު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. މީކާއިލް ތުހުމަތު ކުރެއްވީ އެއީ މިނިސްޓަރު ހެއްދެވި ދޮގެއް ކަމަށެވެ.
އަދި ހަލީލު އެހެން ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވި ކަމަށް ފެންނަ ފޮޓޯއެއް ވެސް މީކާއިލް މަޖިލިހަށް ހުށަހެޅުއްވި މައްސަލާގައި ހިމަނާފައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ޙާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ކަނޑައެޅިގެން އިތުރުފުޅު ހައްދަވާފާވާތީ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމުގެ މައްސަލައެއް ހުށަހަޅައިިފިން," މީކާއިލް ވިދާޅުވި އެވެ.
އިންޑިއާ އައުޓަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށާއި ކުރީގެ ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދުމަށް ގެންގުޅުނު ސިޔާސަތުތަކާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު މި ސަރުކާރުގެ އިސް ވެރިންނަށް ތިއްބެވި ބޭފުޅުން ހިންގެވި ކެމްޕޭނެކެވެ.
އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ގެނައުމަށް ފަހު ސަރުކާރުން މިހާރު މަސައްކަތްކުރަނީ އިންޑިއާއާ ގުޅުން ރަނގަޅު ކުރުމަށެވެ. އޭގެ ކުރިން މި ސަރުކާރުގެ ކުރީކޮޅު ދުވަސްވަރު އިންޑިއާއާ ކޮންމެ ވެސް ރަނގަޅު
