އެޑްވަޓޯރިއަލް ވިޔަފާރި

އެސްޓީއޯއިން ވޯލްޑްކަޕަށް ޚާއްސަ ބޮކްސްލައިޓް ޕްރޮޖެކްޓަރު ގެނެސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވޯލްޑްކަޕަށް ޚާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ބޮކްސް ލައިޓް ޕްރޮޖެކްޓަރ ގެނެސްފިއެވެ.

Ads by Sosun Fihaara

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބުދަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި މި ބްރޭންޑްގެ ހަތަރު މޮޑެލެއްގެ ޕްރޮޖެކްޓަރު، އަގުތަކާއެކު ހާމަކޮށްފައިވެއެވެ.

ފީފާ ވޯލްޑްކަޕް އަދި ޔޫރޯ ފަދަ މުބާރާތްތަކާ ދިމާކޮށް ޑިމާންޑް ބޮޑުވާ އެކައްޗަކީ މަލްޓިމީޑިއާ ޕްރޮޖެކްޓަރެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ގެނެސްފައިވާ ހުރިހާ ޕްރޮޖެކްޓަރެއްވެސް ވިއްކަނީ އަށާވީސް ހާސް ރުފިޔާއަށްވުރެ އަގު ހެޔޮކޮށެވެ.

އެސްޓީއޯއިން ބުނީ ކޮލިޓީ ރަނގަޅު މި ޕްރޮޖެކްޓަރތައް އަގު ހެޔޮވެފައިވަނީ ވޯލްޑްކަޕާ ގުޅުވައިގެން ކުރިޔަށްގެންދާ "ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންގެ ދަށުން ކަމަށެވެ.

"ހޭވައްލާ ތައްޔާރު" ޕްރޮމޯޝަނަކީ އެސްޓީއޯއިން ވޯލްޑްކަޕާއި ގުޅިގެން ކުރިޔަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ 5 އޮކްޓޯބަރުން ފެށިގެން މިމަހުގެ 30ގެ ނިޔަލަށެވެ. 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!