މުނިފޫހިފިލުވުން

ވިޝާލް އާއި މަދުރިމާ އަނެއްކާ ގުޅެނީތަ؟

ދެން އެމްވީ ، ދެން އޮންލައިން

ބިގްބޮސްގެ 13 ވަނަ ސީޒަން ވެގެން ގޮސްފައިވަނީ ޑްރާމާ އާއި އެކި ކަހަލަ ޓްވިސްޓްތަކުން ފުރިގެން ނިމިގެންދިޔަ ސީޒަން އަކަށެވެ. ބެލުންތެރިން ބިގްބޮސް 13 އިން އެންމެ ހަނދާން ހުންނާނީ ވިޝާލް އަދިތްޔާ ސިންގް އަދި މަދުރިމާ ޓުލީގެ ކޯޅުންތަކެވެ. އެދެމީހުންގެ އަރާރުމާއި ކޯޅުން ބޯޑުވެގެން މަދުރިމާ ވަނީ ޝޯއިން ވަކިވެސް ކޮށްފައެވެ.

Ads by STELCO

ބިގްބޮސް ގެ ގޭތެރެއިން ހިނގި ކޯޅުންތަކުން ބެލުންތެރިން ހީކުރީ ދެން އެދެތަރިންގެ ގުޅުމެއް ދުވަހަކުވެސް ހަމަ ނުޖެހޭނެ ކަމަށެވެ. ނަމަވެސް މަދުރިމާ މިވަނީ އޭނާ އަދި ވިޝާލްގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފައެވެ. އެދެމީހުންގެ ގުޅުން ރަނގަޅު ވަމުންދާ ކަމުގެ އުފާވެރި ސިގްނަލްއެއް މިވަނީ ދީފައެވެ.

މަދުރިމާ ބުނީ ދެމީހުންނަށް އެކަކު އަނެކަކުގެ ކުށް ގަބޫލު ކުރެވިއްޖެ ކަަމަށާއި މިހާރު އެކަކު އަނެކަކާއި ވާހަކަ ދައްކާ ކަމަށެވެ. ވިޝާލް ވެސް އަދި އޭނާވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަންވެސް މަދުރިމާ ވަނީ ފާހަގަކޮށްފައެވެ. މަދުރިމާ ބުނީ އެދެމީހުން ވާހަކަ ދައްކައިގެން ކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަދުރިމާ އަދި ވިޝާލް ވަނީ ބިގްބޮސް ޝޯ ތެރެއިން އެކަކު އަނެކަކު ދިމާލަށް ބޭއަދަބީ ބަސްތަކުން އެއްޗެހި ކިޔައި އަދި ފެން ވެސް ޖަހާފައެވެ. މަދުރިމާ ވަނީ ޒުވާބެއްގެ ތެރެއިން ވިޝާލް ގައިގައި ފައިވާނުން އަދި ތަވަޔަކުން ވެސް ޖަހާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!