ޚަބަރު

ތޭރަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ބަންދަށް 15 ދުވަސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ފުލުހުން ހިންގެވި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި-- ފޮޓޯ/ ފުލުހުން

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ  މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by MWSC

މި އޮޕަރޭޝަނުގައި ހަ މީހަކު ހައްުޔަރު ކޮށްފައިވެެއެވެ. ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި އާއި މާލޭގައި ހިންގި މި އޮޕަރޭޝަންގައި 13.56 ކިލޯގެ މަސްތުވާތަކެއްޗާއި 644،020 ރުފިޔާ އަތުލައިގަތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރީ ދިވެހި ހަ ފިރިހެނުން ކަމަށެވެ. އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަނަރަ ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރައްވައެވެ.

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ވާނީ އިތުރަށް ވަރުގަދަ ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޑްރަގް ޓްރެފިކިންގެ މައްސަލަަތައް މަދު ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!