މީހުން ލައިފްސްޓައިލް

ބައްޕައަކަށް ވުމުން، ދަރިފުޅަށް ވަގުތު ދޭން ވަޒީފާ ދޫކޮށްލައިފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އިންޑިއާގެ ކަރަގްޕުރްގެ އައިއައިޓީގެ ގްރެޖުއޭޓެއް ކަމުގައިވާ، އަންކިތު ޖޯޝީ އޭނާއަށް ދަރިއަކު ލިބުމުން ވަޒީފާ ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ހިއުމަންސް އޮފް ބޮމްބޭއަށް މައުލޫމާތު ދެމުން އޭނާ ބުނީ މުސާރަވެސް ވަރަށް ރަނގަޅު މި ވަޒީފާ އޭނާ ދޫކޮށްލައިފައިވަނީ އޭނާގެ ހުރިހާ ވަގުތެއްވެސް އޭނާގެ ތުއްތު ދަރިފުޅު ގާތުގައި ހޭދަ ކުރަން ބޭނުން ވާތީ ކަމުގައެވެ.

އޭނާ ވަޒީފާ އަދާ ކުރަމުން ދިޔައީ ސީނިއާ ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގައެވެ. މި ވަޒީފާ ދޫކޮށްލަން އޭނާ ނިންމި ނިންމުމާމެދު ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒު ވިޔަސް އޭނާ ބުނާގޮތުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އަނބިމީހާގެ އެއްބާރުލުމެވެ.

އަންކިތު ބުނާ ގޮތުގައި މި ނިންމުމުގެ މައިގަނޑު ސަބަބަކީ އޭނާގެ ވަޒީފާގެ ގޮތުން ރަށުން ބޭރު ވަރަށް ގިނައިން އުޅެން ޖެހޭތީ، ދަރިއަކު ލިބުމަށް ފަހުގައި މިގޮތަށް އުޅެން އޭނާ ބޭނުން ނުވުމެެވެ.

އޭނާ ބުނާ ގޮތުގައި އޭނާގެ ހުރިހާ ވަގުތެއްވެސް މިހާރު ހޭދަކުރަނީ ދަރިފުޅުގެ ޚިދުމަތުގައެވެ. ދަރިފުޅުގެ އެކި ކަންތައްތައް ކޮށްދީ، ނިންދަވަން ނާނާވެސް އޭނާ ކިޔާދޭ ކަމަށް  ބުނެއެވެ. އަދި މިކަންތަކުން ބަޔާން ނުކުރެވޭވަރުގެ އުފާވެރިކަން އޭނާއަށް ލިބޭކަމަށްވެސް އޭނާ ބުނެއެވެ.

އަންކިތު ވަޒީފާ ދޫކޮށްލިތާ މަހެއްހާ ދުވަސް ވެފައިވާއިރު އޭނާގެ އަނބިމީހާއަށް ދާދި ފަހުން ވަނީ މެނޭޖަރުގެ މަޤާމަށް ވަޒީފާގެ ކުރިއެރުންވެސް ލިބިފައެވެ. އަންކިތު ބުނާ ގޮތުގައި އޭނާގެ އަނބިމީހާ ވަޒީފާއާއި ދަރިފުޅުގެ ކަންތައްތައް އެކީގައި ބަލަހައްޓާލެއް ފުރިހަމަ ކަމުން އެކަމާމެދު އޭނާ ވަރަށް އުފާވެ، ފަޚުރުވެރިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!