ޚަބަރު

މަޝްރޫއުތައް އޮޅުވާލަނީ ކަމަށް ބުނެ ނަޝީދަށާއި ލަތީފަށް ފާޑުކިޔުން

ދެން އެމްވީ ، ދެން އޮންލައިން

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ޓްވިޓާގައި ހިއްސާކުރެއްވި ހދ. ނެއްލައިދޫ އާއި ހދ. ވައިކަރަދޫގައި ސަރުކާރުން ހިންގަމުން އަންނަ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ފޮޓޯތަކުގެ އެއްގޮތް ކަމެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަން ފަށައިފިއެވެ.

Ads by STELCO

އިދިކޮޅު ޕީޕީއެމްގެ ޖަލްސާއަށް މީހުން ގޮސްތިބި އަދަދު ފެނި އެމްޑީޕީ ސިއްސައިގެން ގޮސް ކުއްލި ގޮތަކަށް ސަރުކާރުން ހިންގަމުން އަންނަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތާއި ފޮޓޯ މިވަނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައެވެ.

އެގޮތުން ލަތީފް ވެސް ވަނީ ރޭގެ ވަގުތެއްގައި ހދ. ނެއްލައިދޫ އާއި އެއަތޮޅު ވައިކަރަދޫގައި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އެ މަޝްރޫއުތަކުގެ ތަފްސީލު، ލަތީފް އާންމުކުރެއްވުމާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ދެ ޓްވީޓް ރިޓްވީޓް ކުރައްވާފަ އެވެެ.

އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ، މި ދެ ރަށުގައި ހިނގަމުން އަންނަ މަޝްރޫއުގެ ތަފްސީލު ވަކިވަކިން އާންމުކުރެއްވިއިރު ދެ ރަށުގައި ހިނގަމުންދާ މަޝްރޫއުތަކަކީ ތަފާތު މަޝްރޫއުތަކެއް ނަމަވެސް ހިއްސާކުރެއްވީ އެއް ފޮޓޯއެއްކަން ފާހަގަކުރެވުމުންނެވެ.

މިކަން ފާހަގަކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ލަތީފް ހިއްސާކުރެއްވި މަންޒަރުން ދެ ޕްރޮޖެކްޓްގެ ހަމަ އެއްވެސް ތަފާތެއް ނުފެނުނު ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!