ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ، އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފި
ގެންގުޅުނު ދަބަހެއްގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭ ބީޗް ކްލަބަށް ވަދެ، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ރޭ ރިޕޯޓްކުރުމާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއެވެ.
މި މައްސަލަ މިހާރު އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
މިފަދަ މައްސަލައެއް ފެންމަތިވީއިރު، ގިނަ ބަޔަކު މަރާލުމަށް ރާވައި، ބޮން ގޮއްވައިލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި މި މަހުގެ ކުރީކޮޅު 14 މީހަކުވެސް ހައްޔަރު ކުރިއެވެ.
Ads by Allied Insurance