ޚަބަރު

ގޮއިދޫ ސްކޫލްގެ އަށް ކްލާސް ރޫމްގެ މަޝްރޫޢު ބަޔަކާ ހަވާލު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ށ.ގޮއިދޫ ސްކޫލްގެ އަށް ކްލާސްރޫމްގެ މަޝްރޫޢު ހަވާލު ކުރުމުގެ ތެރެއިން--

ށ.ގޮއިދޫ ސްކޫލްގެ އަށް ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިއީ  މިދިޔަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރު ނިއުޝާދު އިބްރާޙިމެވެ.

އަދި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަމީން މުޙަައްމަދެވެ.

ށ.ގޮއިދޫ ސްކޫލް 08 ކްލާސްރޫމް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,291,291.70ރ (ބާރަމިލިޔަން ދެލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ހަތްދިހަ ލާރި) އެވެ.

މި މަޝްރޫޢު ނިންމުމަށް އެއްބަސްވުމުގައި ވަނީ 365 ދުވަހުގެ ތެރޭގައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!