ޒުވާނަކު ގެއްލިގެން ހޯދަނީ

ދިވެހި ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ
ގެއްލިގެން ހޯދަމުން އަންނަނީ ހދ. ނޮޅިވަރަންފަރު / ނޫރަންވިލާ، ޙުސައިން ޢާލިމް (31އ)އެވެ.
ފުލުހުން ވިދާޅުވީ، މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:45 ހާއިރު ކަމަށެވެ.
އެ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާކަމަށް އޭނާގެ ޢާއިލާއިން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ޙުސައިން ޢާލިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.