އެސްޓީއޯގެ “އެކުލަ މިކުލަ” ޕްރޮމޯޝަން ފަށައިފި
                                                    އެސްޓީއޯއިން ވިއްކާ ނިޕޯން ޕެއިންޓުގެ ކުލަތަކަށް ޚާއްސަކޮށްގެން ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
''އެކުލަ މިކުލަ'' ޕްރޮމޯޝަންގެ ނަމުގައި މިއަދު ފެށި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްއާއޮ އެސްޓީއޯ ހުޅުމާލެ ފިހާރައާއި ލ.ފޮނަދޫގައި ހުންނަ އެސްޓީއޯ ފިހާރައިގައެވެ.
މި ޕްރޮމޯޝަންގައި ނިޕޯންގެ ކޮންމެ އުފެއްދުމަކުން %8 އާއި %10 އާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.
Ads by Ooredoo
 
 
            
                    
            
                    
            
                    
            
                    