ޚަބަރު

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަން މަޖިލީހަށް

ދެން އެމްވީ ، ދެން އޮންލައިން

ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމްއިއްޔާ ނުވަތަ މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން އިސްނަގައިގެން ތައްޔާރުކުރި އެ ޕެޓިޝަން، މަޖިލީހަށް މަޖިލީހަށް އެ ޕެޓިޝަން ހުށަހެޅީ 800 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކުއެވެ. އެ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވީ ކުލި ކޮންޓްރޯލް ކުރަން ތާއީދުކުރައްވައި ވާހަކަދައްކަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ބިލެއް ނުވަތަ ގަރާރެއް ނުވަތަ ޕެޓިޝަނެއް ވެސް ހުށަހެޅޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށެވެ. މި ގޮތުން ސަރުކާރުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި ވަކިވަކި ފަރުދުން ވެސް މަޖިލީހަށް ޕެޓިޝަން ހުށަހަޅާނަމަ މެންބަރަކު އެ ޕެޓިޝަނެއް ސްޕޮންސާ ކުރަންޖެހެއެވެ.

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިއިރު ސަރުކާރުން ކުއްޔާ ބެހޭ ބިލެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލުގައި، ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެން ތަންތަން ކުއްޔަށް ދިނުން މަނާ ކޮށްފައިވީ ނަމަވެސް ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެއެވެ.

މިއަދު މަޖިލިސްއަށް ހުށަހެޅި ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމަށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!