އިލެކްޝަންސްގެ މެމްބަރުކަމަށް ރައީސް އިސްކަން ދެއްވަނީ އަކްރަމަށް
އިލެކްޝަންސް ކޮމިޝަނުގައި ހުސްވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްތި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތީ މިހާރުވެސް އެކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމެވެ.
ދެވަނައިގައި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޔާޒު ހަސަން އޮތްއިރު އެކޮމިޝަނުގެ ކުރީގެ ޤާނޫނީ ވަކީލު މަރިޔަމް ޙަނީފާ ޚާލިދުގެ ނަން ތިންވަނާގައި އޮތްއިރު، ހަތަރުވަނައިގައި އޮތީ އަޙްމަދު މަންސޫރު ރިވެތި އެވެ.
މި ހަަތަރު ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މަޖިލީހުގެ ރިޔާސަތުން ވަނީ ފޮނުވާފައެވެ.