ޚަބަރު

ނަޝީދު ގެންގުޅެނީ ގައުމިއްޔަތު ފުނޑާލާ ފިކުރެއް: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

އެމްޑީޕީ ކައުންސިލަރުންނަކީ ރައީސް ނަޝީދުގެ ޤައުމިއްޔަތު ފުނޑާލާ ފިކުރަށް ބޯލަނބަން ޖެހޭ ބައެއް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ތަރައްޤީ ގެނެސްދިން ޕާޓީއަކީ ޕީޕީއެމް ކަމުގައެވެ. އަދި އެމްޑީޕީގެ ކައުންސިލުތަކަކިީ ރައީސް ނަޝީދު ގެންގުޅުއްވާ ޤައުމިއްޔަތު ފުނޑާލުމުގެ ފިކުރަށް ތަބާވުން ލާޒިމުވާނެ ބައެއް ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ.

"އިޒްރޭލާ އެއްވަރުކުރި ރާއްޖެތެރޭ ރައްޔިތުންނަކީ މިއަދު ކުއްލިއަކަށް އަގުބޮޑު ބަޔަކަށް ވެއްޖެ. މިއީ އާންމު ރައްޔިތުންނަށް ގެއްލުންދޭ ފިކުރެއް." ޖަމީލް ވިދާޅުވިއެވެ.

ޖަމީލުގެ ޓުވީޓުގައި 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީން ހިންގި ހަމަނުޖެހުންތަކުގައި ރަށްރަށުގެ ސަރުކާރު އިމާރާތްތަކުގައި ހުޅުޖަހައި ރޯކޮށްފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯ ހިއްސާކުރައްވާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!