ޚަބަރު ވިޔަފާރި

އެސްޓީއޯއަށް 58 އަހަރު: އަގުހުރި އިނާމުތަކެއް ލިބޭ ދެ ޕްރޮމޯޝަނެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އަގުހުރި އިނާމުތަކެއް ލިބޭ ދެ ޕްރޮމޯޝަނެއް އެސްޓީއޯއިން މިއަދު ފަށައިފިއެވެ.

Ads by Hajj Corporation

އެ ކުންފުންޏަށް 58 އަހަރު ފުރުމާ ގުޅިގެން އެ ކުންފުނިން ވަނީ ''އަށުވަންނަ'' އިގެ ނަމުގައި އެއްހަފުތާގެ މުއްދަތަށް ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް މިއަދު ފަށައިފައެވެ. އެ މުއްދަތުގައި ކޮންމެ ދުވަހަކު ވެސް ސުވާލެއް ޢާންމުކުރާނެއެވެ. އަދި ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން 58 ފަރާތަކަށް އަގުހުރި އިނާމުތަކެއް ލިބޭނެއެވެ.

މީގެއިތުރުން އެސްޓީއޯގެ ފިހާރަތަކުގައި މިހާރު ކުރިއަށްދާ ސޭލްއިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އެ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 58 ފަރާތެއް ހޮވައި އިނާމު ދޭނެއެވެ.

އަތިރީ މާފަންނުގޭ ޓްރޭޑިންގ އެކައުންޓް (އޭޓީއޭ) ނުވަތަ މިހާރުގެ އެސްޓީއޯގެ ވިޔަފާރި ފެށުނީ 1964 ގައެވެ. އެ ކުންފުނީގެ ހަޔާތުގައި ހޭދަވި 58 އަހަރުގައި އެ ކުންފުނިން ތަފާތު ވިޔަފާރިތަކަށް ވަދެ ވަނީ ފުޅާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!