Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކަނޑުފެން ބޯ ފެނަށް ބަދަލުކޮށް، ޓެސްލާގެ ސޯލަރ ޕެނަލް ތަކުން ކެންޔާގެ 35،000 މީހުނަށް ބޯފެން

ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ އިން މަަސައްކަތް ކުރާ ޑީސެލިނޭޝަން ޕްލާންޓާއި އެކު ކެންޔާ ގެ 35،000 މީހުނަށް ސާފު ބޯފެން ފޯރުކޮށްދީފިއެވެ.

ގިވް ޕަވަރ ނަމަކަށް ކިޔުނު އެންޖީއޯ އިން ކެންޔާގައި ހަރުކޮށްފައިވަނީ ޓެސްލާގެ ސޯލަރ ޕެނަލްތަކެކެވެ. އަދި މި ޕްލާންޓްއިން ދުވާލަކު 35000 މީހުނަށް ބޭނުންވާ ވަރަށް ފެން ފޯރުކޮށްދެވޭނެއެވެ. މި ޕްރޮޖެކްޓުގެ ދަށުން އެންމެ ޕެނީއަކަށް ސާފު ފެނުގެ ގެލޮން އެއް ލިބިގެންދާނެއެވެ. މިއީ ސާފު ބޯފެން ނުލިބި އެތައް ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ ފަރާތްތަކަށް ވެސް ވަރަށް އުފާވެރި ހަބަރަކަށް ވެގެން ދިޔުމެވެ.

ފެން ފޯރުކޮށްދިން ޖަމިއްޔާގެ އަމާޒަކީ ސާފު ބޯފެން ސުކޫލު ފަދަ ތަން ތަނަށް ގެންގޮސްދިނުމުގެ ހިދުމަތް ދީ އެ ގައުމުގެ ރައްޔިތުން ވެސް އެކަމުން އާމްދަނީއެއް ހޯދުމެެވެ. އަދި ފެން ވިއްކައިގެން ލިބޭ ލާރިއިން މިފަދަ އެހެން ޕްލާންޓެއް ގާއިމް ކުރުމަކީ ވެސް އެ ޖަމިއްޔާގެ އަމާޒެކެވެ.

Advertisement
Allied — Dhen Online (box)

ތަޖުރިބާކާރުން ކުރިން ބުނެފައިވާ ގޮތުގައި 2025 ވަނަ އަހަރު އަންނައިރު ދުނިޔޭގެ ދެބައި ކުޅަ އެއްބައި މީހުނަށް ސާފު ބޯފެން ލިބުން ދަތިވާނެއެވެ. ނަމަވެސް މި ފަދަ އިތުރު ސޯލަރ ޑީސެލިނޭޝަން ޕްލާންޓުތައް ގާއިމް ވެގެން ގޮސްފިނަމަ މިކަމަށް ބޮޑު ހައްލެއް ލިބިގެނަދާނެކަމަށް މިހާރު ބެލެވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް