ޚަބަރު

ރޭގެ މުޒާހަރާއިން ހައްޔަރު ކުރި 15 މީހުންވެސް ދޫކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި ބާއްވަމުންދާ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހިމެނޭ ގޮތަށް, ރޭ ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ، މުޒާހަރާގެ 15 ބައިވެރިން ދޫކޮށްލިކަން ކަށަވަރު ކޮށްދެއްވައިފައެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުން ފުލުހުން ފުލުހުން ގިނަ ބަޔަކު ހައްޔަރު ކުރަމުންނެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީން 11 އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރީ، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރ ކުރެއްވި ކަމުގެ ދަޢުވާއާ ރިޝްވަތު ޤަބޫލު ކުރެއްވުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.

ރައީސް ޔާމީނަށް ކުރި ޙުކުމަކީ "ހަރާން" ޙުކުމެއް ކަމަށް ޕީޕީއެމް-ޕީއެންސީން ބުނެއެވެ. އެ ދެ ޕާޓީން ވަނީ އެމަނިކުފާނު މިނިވަންކޮށް، ރާއްޖޭގެ ވެރިކަމަށް އަލުން އިންތިޚާބު ކުރުމުގެ މަސައްކަތް ހުއްޓައިނުލާނެ ކަމަށް ބުނެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!