ޚަބަރު

ސިދާތާ މަގާމުން ވަކިވުމާއި ގުޅިގެން އިމްރާން ޓުވީޓް ކުރެއްވީ މައްޔިތާއަށް ރަހުމަތް ލެއްވުން އެދި ދުޢާ ކުރާ މަގުން

ދެން އެމްވީ ، ދެން އޮންލައިން

އަދާލަތު ޕާޓީގެ ސުލޮޓްގައި ޖެންޑަރ މިނިސްޓަރ ކަމަށް އިސްކުރެވުނު ޝިދާތާ ޝަރީފް މަގާމުން ވަކިވުމާއި ގުޅިގެން އަދާލަތު ޕާޓީއާއި އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަމަލު ކުރެއްވި ގޮތަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާޑު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ކަމުގައިވާ ޑރ. ޝަހީމް މިއަދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ''ޝިދާތާއަށް ނިކަމެތިކަން މެދުވެރިވިއިރު ކެބިނެޓްގައި އަދާލަތުގެ އިސްބޭފުޅެއް (ޝައިޚް އިމްރާން) ހުރިކަމަށާއި މި ސަރުކާރު ގެނައުމުގައި އެހާ އިސްކޮށް ހުރި ބޭފުޅެއް ނިކަމެތިގޮތަކަށް ދުއްވާލިއިރު އޭނާ މަގާމުން ވަކިވުމަށްފަހު އަދާލަތު ޕާޓީން ޝިދާތާގެ ދިފާއުގައި ހަރުދަނާ ބަހެއް ބުނެފައި ނުވާ'' ކަމަށެވެ. މީގެ އިތުރުން އެ ޙާލަތުގައި އިމްރާން ވެސް ޓުވީޓް ކުރައްވާފައިވަނީ ''މައްޔިތާއަށް ރަހުމަތް ލެއްވުން އެދި ދުޢާ ކުރާ މަގުން''ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

ޝިދާތާ މަގާމުން ވަކިވުމާއި ޝައިޚް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ''ޝިދާތާގެ ސިޔާސީ ތަރި އޮއްސެން އަދި ގާތްވެސް ނުވާ'' ކަމަށެވެ.

އަދާލަތު ޕާޓީއަށް ސަރުކާރު ކޯލިޝަންގެ ތެރެއިން ހައްގު މިންވަރު ލިބެން ޖެހޭނެ ކަމަށް ޝައިޚް އިމްރާން ވިދާޅުވުމާއި ގުޅިގެން ޑރ.ޝަހީމް މިއަދު ވަނީ ވަރަށް ބޮޑަށް އެމަނިކުފާނަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީން އިމްރާންގެ އަރިހުގައި ފުއްދާނެ ކަމަށް ވައުދުވި އެއްވެސް ވައުދެއް ފުއްދެވިތޯ ''ކުރީގެ އަޚާ''ގެ ގޮތުގައި ލިޔުއްވި ދިގު ޕޯސްޓެއްގައި ޝަހީމް ލިޔުއްވާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!