ޚަބަރު

ހުކުރު މިސްކިތް ބަންދުކޮށްގެން ކުރާ ކަންކަން އެނގެން ޖެހޭ: ޝުޖާއު

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި ހުންނަ ހުކުރު މިސްކިތް ބަންދުކޮށްގެން ކުރާ ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ކުރީގ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުކުރު މިސްކިތް ބަންދުކޮށްފައި ވަނިކޮށް އެ މިސްކިތަށް ބަޔަކު ވަދެ ހިންގާފައިވާ އަމަލުތަކުގެ ނަތީޖާ ފެންނަ ފޮޓޯތަކެއް ކަމަށެވެ.

ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަރާމާތު ކުރާ މިސްކިތްތައް މީގެ ކުރިން ވެސް ފެނަން ކަމަށާއި މުޅިތަން ބަންދު ކޮށްގެން މަރާމާތުކުރާ މިސްކިތެއް އަދި މި ފެނުނީ ކަމަށެވެ.

"ހުކުރު މިސްކިތް ބަންދުކޮށްގެން ކުރާ ކަންތައް ދިވެހި ރައްޔިތުންނަށް އެނގެން އެބަޖެހޭ. ރާއްޖޭގައި މަރާމާތު ކުރާ މިސްކިތްތައް މީގެ ކުރިން ވެސް ފެނޭ. މިގޮތަށް މަރާމާތު ކުރާ މިސްކިތެއް އަދި މި ފެނުނީ. މުޅިތަން ބަންދެއް ނުކުރޭ." ޝުޖާއު ވިދާޅުވިއެވެ.

މިސްކިތަށް ކެމިކަލް ޓްރީޓްމެންޓް ދިނުމަށް ފަހު އެ މިސްކިތް ބަންދުކޮށް މިސްކިތަށް ނުވަދުމަށް އިލްތިމާސްކޮށްފައި ވަނިކޮށް މިސްކިތަށް ބަޔަކު ވަދެ މިސްކިތަށް ކުނިއެޅުމާއި އެކު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ މިސްކިތް ސާފުކޮށްފައެވެ.

އަދި ފުލުހުންނާއި އެކު މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!