ދުނިޔެ

ކުއީން، ޕްރިންސް ހެރީއަށް: ބޭނުން އިރަކު އެނބުރި އައުމުގެ ފުރުސަތު އެބައޮތް

ދެން އެމްވީ ، ދެން އޮންލައިން

ޝާހީ އާއިލާ އިން އަންހެނުންނާއި ދޭތެރޭ ބަހައްޓާ ތަފާތު ކުރުންތަކުގެ ސަބަބުން އެކަމަށް ކެތް ނުކުރެވިގެން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދޫކޮށް ޕްރިންސް ހެރީ ވަނީ އަންހެނުން މޭގަން މާކަލް އަދި ދަރިފުޅު އާޗީ އާއެކު ކެނެޑާ އަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

Ads by Sosun Fihaara

ޝާހީ އާއިލާގައި ހެރީ އާއި މޭގަން ނިންމަން ޖެހޭ އެންމެ ފަހުގެ ކަންތައް ނިންމުމަށް އިނގިރޭސިވިލާތަށް ޒިޔާރަތްކޮށްފައިވާއިރު ޕްރިންސް ހެރީއަށް ބޭނުން އިރަކު އެނބުރި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކުއީން ވަނީ ވިދާޅުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކުއީން މިހެން ބުނެފައިވަނީ މަސްލަހަތު ފިނިކުރުމަށްޓަކައި ހެރީ އާއެކު ވިންޑްސަރ ކާސަލް ގައި ބޭއްވި މެންދުރުގެ ފަރިއްކުޅުއްވުމެއްގައެވެ.

މިއި ހެރީ ކެނެޑާއަށް ދިރިއުޅުން ބަދަލުކުރި ފަހުން ކުއީން އާއި ދިމާވި ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯތުތައް ބުނެއެވެ. އަދި ކުއީން ވަނީ ހެރީގެ ނިންމުމަށް އެންމެ ފުރިހަމައަށް އިހުތިރާމް ކުރާކަންވެސް ހާމަކޮށްފައެވެ. ހަމައެހެންމެ މި ދަތުރުގައި މާމަ ދަރިފުޅު އާޗީ އާއި ބައްދަލުނުވެވުމުން ކުއީން ނުހަނު ހިތާމަކުރެއްވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އަމިއްލަ އަނބިމީހާގެ ހައްގުގައި ޕްރިންސް ހެރީ ނިންމެވި ނިންމުމާއެކު ގިނަ ބައެއްގެ ލޯބި ހެރީއަށް ލިބިގެންދިޔައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!