ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަކަށް ސްޓެލްކޯއިން ހައްލު ހޯދައިދީފި

އދ. ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަކަށް ސްޓެލްކޯއިން ހައްލު ހޯދައިދީފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ވަގުތީ އިސްކުރުބަރިއެއް މެދުވެރިކޮށް، ދަނގެތީގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ފެންދޫކުރަން ފަށާފައިވާ ކަމަށެވެ.
މި ޙިދުމަތް ފޯރުކޮށްދެނީ ހެނދުނު ހަތަކުން ދިހައަކަށެވެ. އަދި ހަވީރު ހަތަރަކުން ރޭގަނޑު ހަޔަކަށެވެ.
ދަނގެތީ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން މިކަމަށް އިސްނެގީ ކައުންސިލްގެ އެދުމުގެ މަތިންނެވެ.
ދަނގެތީ ކައުންސިލުން ވިދާޅުވީ މިޙިދުމަތުގެ ސަބަބުން ދަނގެތީ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ.