Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ނަޝީދު އަނެއްކާވެސް ފޮތެއް ނެރުއްވަން ތައްޔާރު

ރައީސް ނަޝީދު އަނެއްކާވެސް ފޮތެއް ނެރުއްވަން ތައްޔާރު
ރައީސް މުޙައްމަދު ނަޝީދު އަނެއްކާވެސް ފޮތެއް ނެރުއްވަން ތައްޔާރުވެވަޑައިގެންފިއެވެ. ދިވެހި ޗެނަލްއަށް ދެއްވި ބަސްދީގަތުމެއްގެ ތެރެއިން އެމަނިކުފާނު ވިދާޅުވީ، މިފަހަރު ނެރުއްވާ ފޮތުގެ ނަމަކީ "ކިއްލާ މާލެ" ކަމަށެވެ. މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ކުރިން ލިޔުއްވަން ފެއްޓެވި ފޮތެއް ކަމަށްވެސް ވިދާޅުވިއެވެ.
"ދެން އެއީ، އިހުގެ މާލެ އޮތްގޮތާ، އެތާ އުޅުނު މީހުންނާ، އެހެން ރަށްރަށާ، މި ރަށާ ހުރި ގުޅުމާ، ދެން އެހެންވީމަ އަޅުގަނޑު އެ ފޮތް ނެެރެން އުޅޭ ވާހަކަ ދަންނަވަން."
2020 ވަނަ އަހަރުގެ އޮގަސްޓް މަހުގައި، ރައީސް ނަޝީދު ވަނީ "ދެ ރަދުން"ގެ ނަމުގައި ތާރީޚީ ފޮތެއް ނެރުއްވައިފައެވެ. މި ފޮތަކީ، 1800 އިން 1900 އަށް އިންޑިއާ ކަނޑުގައި ދިވެހިން ހަރަކާތްތެރިވި ގޮތާއި، ދިވެހި ޤައުމު ހިންގުމުގެ ކަންކަމާއި ގުޅޭގޮތުން ދިރާސާކުރައްވާ ލިޔުއްވާފައިވާ ފޮތެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް