ޚަބަރު

ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ހަދަނީ

. ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ފުލުހުންގެ ބަންދުގައި ހުރި މަރުވި މީހާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by MPL

އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުއްޓާ މަރުވީ ގ. ޒާމިއާ / މާލެ، އަހްމަދު އަފްރާހް (48އ) އެވެ.

ފުލުހުން ބުނެފައިވާ ގޮތުން އާދިއްތަ ދުވަހުގެރޭ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު އަފްރާހުގެ ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަފްރާހް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަފްރާހް ހައްޔަރު ކޮށްފައި ވަނީ ހުކުރު ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އޮޓޮޕްސީ ހަދަން އަފްރާހުގެ ހަށިގަނޑު ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ މަރުވި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ކުރިއަށް ގެންދަމުންނެވެ.

Ads by Allied Insurance