ގިނަ ޒުވާނުންނަށް އެންމެ ކުޑަމިނުން ބޮތްކެއް ބަދަލުކުރަން ވެސް ނޭނގޭ
ގިނަ ޒުވާނުންނަަަަށް އެންމެ ކުޑަ މިނުން ބޮތްކެއް ބަދަލުކުރަން ވެސް ނޭނގޭ ކަމަށާއި ކޮންމެ ފަހަރަކުހެން ގޫގުލް ގެ އެހީ ހޯދާކަމަށް އޮންލައިން ކޮށް ކުރި ސާވޭ އަކުން ދައްކައިފިއެވެ. މި ދިރާސާގައި 25 އަހަރާއި 35 އަހަރާއި ދެމެދުގެ 2000 މީހުން ބައިވެރިވިއެވެ.
މީގެ އިތުރުން ވެސް ކަބަޑު ގެ ދޮރު ހަލާކުވުމުންނާއި ދޫވެފައި ހުންނަ އިސްކުރު ފަދަ އެއްޗެހި ހަރުކުރުމަށް ވެސް ގިނަ ޒުވާނުންނަށް އެހެން މީހެއްގެ އެހީއާއި ނުލާ ނުކުރެވޭކަމަށް މި ދިރާސާ ބުނެއެވެ.
ދިރާސާގައި ބައިވެރިވި 87 އިންސައްތަ މީހުން ކޮންމެ ފަހަރަކު ގޫގުލް ގެ އެހީތެރިކަން ހޯދައެވެ. އަދި ތިން ބައި ކޮށްފަ އެއްބައި ޒުވާނުން އެހީތެރިކަން ހޯދަނީ ސޯޝަލް މީޑިއާގެ ޒަރީއާއިންނެވެ. އެގޮތުން ފޭސްބުކު، ޓްވިޓަރ އަދި ލިންކެޑިން ފާހަގަ ކޮށްލެވެއެެވެ.
ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެމީހުންގެ މިފަދަ ހުނަރުތައް ރަނގަޅުކަމަށް ގަބޫލުކުރަނީ ހަތަރުބައި ކޮށްފައި އެއްބަޔަށް ވުރެވެސް މަދު މީހުންނެވެ. ދިރާސާ ކުރި ފަރާތުން ބުނާ ގޮތުގައި ޒުވާނުން މިފަދަ ބޭސިކް ހުނަރުތަކަށް ވެސް އެހެން މީހުނަށް ބަރޯސާ ވުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. އަދި އޭގެ ސަބަބުން އަންނަން އޮތް ޖީލަށް ވެސް އަސަރުކުރާނެ ކަމެކެވެ.